ގަވާއިދާ ހިލާފަށް އުޅެމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ގަވާއިދާ ހިލާފަށް އުޅެމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުޅުމާލޭގެ ހައިވަކަރު މަގުގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެންބަރު 16 ވަނަ ދުވަހުގެ ރޭގައެވެ. މި އޮޕަރޭޝަންގައި ހުޅުމާލޭގެ ހައިވަކަރު މަގުގައި ހުރި އެކޮމޮޑޭޝަން ބްލޮކްތަކާއި އެ ސަރަހައްދުގައި އުޅޭ ބިދޭސީން ހިމެނޭހެން ޖުމްލަ 40 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ.

އިމިގްރޭޝަނުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. އަދި މި އޮޕަރޭޝަންގައި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދެވޭ ހާއްސަ ތަމްރީނުގެ ދަށުން "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ވެސް ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާ މައްސަލައެކެވެ. މިފަދަ އޮޕަރޭޝަންތައް އިމިގްރޭޝަނުން ގަވާއިދުން ކުރިއަށް ގެންދެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި މިފަދަ އޮޕަރޭޝަންތައް ހިންގުމާއި، ބިދޭސީން ދިރިއުޅޭ ސަރަހައްދުތައް މޮނިޓަރކުރުން ހިމެނެއެވެ.

މިއަދު އޮންލައިން