ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ މަޝްރޫޢެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ މަޝްރޫޢެއް: ވަޒީރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ މަޝްރޫޢެއް ކަމަށް ވިޔަފާރިއާއި އިޤްތިޞާދާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޒްނަސް ލައުންޖް "ކޮވެލި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިއީ ސަރުކާރުން އެންމެ އިސްކަންދޭ އެއް މަޝްރޫޢު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެންމެ ފުރަތަމަ ބައްދަލުކުރާ މުވައްޒަފުންނަކީ ވީއައިއޭގެ މުވައްޒަފުން ކަމަށާއި، އެ މުވައްޒަފުން ކޮންމެ ދުވަހަކުވެސް އަދާކުރަމުންދަނީ ޤައުމީ މަސައްކަތެއްކަމުގައެވެ.

"ވީއައިއޭ އެއަރޕޯޓަކީ އިޤްތިޞާދުގެ މައި ސިނާޢަތްތައް ހިފަހައްޓާ މައި ތަނބު. އެހެންކަމުން މިއަށްވުރެ ވަކިން މުހިއްމު އެހެން މަސައްކަތެއް ދިވެހި އިޤްތިޞާދުގައި ކުރަން އޮވެދާނެކަމަށް އަޅުގަނޑުމެން އެކަކުވެސް ޤަބޫލެއް ނުކުރާނެ،" ވަޒީރު ވިދާޅުވިއެވެ.

އެއަރޕޯޓުގެ ތަރައްޤީއާއި، ޒީނަތްތެރިކަމާއި، އަންނަ ކުރިއެރުންތަކާއި، މުވައްޒަފުންގެ މެހުމާންދާރީގެ ޝުޢޫރަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި، ރައްޔިތުންގެ މެހުމާންދާރީ އަދާކުރުމަށް އަދި ދިވެހިރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށްޓަކައި ކުރެވޭ ޤައުމީ ބޮޑު ޖިހާދެއްކަމުގައި ވަޒީރު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން