ފުލިދުއަށް ރައީސް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ފުލިދުއަށް ރައީސް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ފުލިދުއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ މުއައްސަސާތަކާއި އެކި އުމުރުފުރާގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ފުލިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެއިތުރުން، އެރަށުގެ ސިއްޙީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމާއި، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވާފައިވެއެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅު ފައްޓަވާފައި މިވަނީ ފެލިދެއަތޮޅުންނެވެ.

މިއަދު އޮންލައިން