ފުލިދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ފުލިދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

ފެލިދެއަތޮޅު ފުލިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިވަގުތު ކުރައްވަމުން ގެންދަވާ ފެލިދެއަތޮޅުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުލިދޫގައި މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފުލިދޫގައި ޤާއިމްކޮށްފައިވާ އައު އޭޓީއެމް މެދުވެރިކޮށް ރައްޔިތުންނަށް 24 ގަޑިއިރު ތެރޭގައިވެސް ޚިދުމަތް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި އެކައުންޓުން އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް ހިމެނެއެވެ.

މި ޚިދުމަތް ފެށުމާއެކު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ. އަދި މިއީ ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ވިޔަފާރިތައް ފުޅާވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައިވެސް ބެލެވެއެވެ.

މިއަދު އޮންލައިން