ވ.ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ވ.ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

ފެލިދެއަތޮޅު ތިނަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ އެމަނިކުފާނު މިހާރު ފެލިދެއަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް ތިނަދޫ ކައުންސިލާ ހަވާލުކުރައްވާފައެވެ. މިއީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ޚިދުމަތެކެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ތިނަދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ވެސް ޚިދުމަތް ލިބޭނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި އެކައުންޓުން އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްތައް ހިމެނެއެވެ.

މި ޚިދުމަތް ފެށުމާއެކު، ތިނަދޫގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މީގެ ކުރިން ބޭންކިންގ ޚިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ދަތިކަން ވެސް ޙައްލުވެގެންދާނެއެވެ.

މިއަދު އޮންލައިން