ވ. ފުލިދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި.
ވ. ފުލިދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ އަމަލީ މަސައްކަތް ފެށިގެން ދިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވ. އަތޮޅު، މ. އަތޮޅު ، ފ.އަތޮޅު އަދި ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވ.ފުލިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ވ.ފުލިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހީމް، އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ ޑީސީޕީ ރިޓިޔާޑް އަހްމަދު ސައުދީ، ފެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އާދަމް ޒާހިރު އަދި ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒެވެ.
ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ ގޮތުން ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމުކޮށް، ހުރިހާ ފަރާތްތަކަކަށް ފެންވަރު ރަނގަޅު ޞިއްޙީ ހިދުމަތް ލިބޭނެ ނިޒާމެއް ޤާއިމުވެގެން ދިޔުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަން ފާހަގަކޮށްލަމެވެ.
ހަބަރު: ސަރުކާރު