ފެލިދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފެލިދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ވ. ފެލިދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފެލިދި އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީ އެވެ.

މި ކޮމްޕްލެކްސްގައި ބޮޑެތި ޖާގަތައް ބޭނުންވާ އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއި، ބޯޑު ގޭމްތަކާއި އެކި ބާވަތުގެ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން، އެކި އެކި ކޯސްތަކާއި ވޯކްޝޮޕްތައް ހިންގުމަށް ކުލާސްރޫމަކާއި މީޓިންގ ރޫމެއްވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެއެވެ.

"މިއީ އަތޮޅުތަކުގެ ރަށެއްގައި ގާއިމުކުރާ އެންމެ ފެންވަރު ރަނގަޅު އެއް ސްޕޯޓްސް ކޮމްޕްލެކްސް އަށްވާނެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މިކަމުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން