އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް މާދަމާއިންފެށިގެން ލިބޭނީ "ޓްރޭޑިއަން" ޕޯޓަލްއިން: ޓްރޭޑް ނެޓް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް މާދަމާއިންފެށިގެން ލިބޭނީ "ޓްރޭޑިއަން" ޕޯޓަލްއިން: ޓްރޭޑް ނެޓް

މިމަހުގެ 21 ގެ ފަހުން އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް ލިބޭނީ ހަމައެކަނި "ޓްރޭޑިއަން" ޕޯޓަލްއިންކަމަށް ޓްރޭޑް ނެޓުން މިއަދު ހާމަކޮށްފިއެވެ. އަދި މިކަމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

ޓްރޭޑް ނެޓްގެ ޖެނެރަލް މެނޭޖަރ އައިސީޓީ އަހްމަދު ސަމޫން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވިގޮތުގައި، މިހާރު ޓްރޭޑިއަން ޕޯޓަލްގައި 17 އެޖެންސީ ހަރަކާތްތެރިވަމުންދެއެވެ. "21 ސެޕްޓެމްބަރ ގައި ކަޓްއޮފްއެއް މިއަންނަނީ. ކަޓްއޮފްގެ މާނައަކީ 21 ސެޕްޓެމްބަރގެ ފަހުން ޓްރޭޑިއަން ސިސްޓަމް ތެރެއިންނޭ އެޕްލިކޭޝަންސްތައް ބަލައިގަންނާނީ،" އޭނާ ވިދާޅުވިއެވެ.

ސަމޫން އިތުރަށް ވިދާޅުވީ، އެންމެ ފަހު ވަގުތަށް މަޑުކުރުމުން ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ. އެއީ ޓްރޭޑިންގ ކޮމިއުނިޓީގައި މިކަންކަމަކީ ވަގުތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަން ކަމަށާއި، މުދާ ގެނައުމުގައި ކުޑަ ލަސްވުމެއް ވިޔަސް އޭގެ ސަބަބުން ޖޫރިމަނާތަކާއި އެހެނިހެން ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީއެވެ.

ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގެ ދަށުން ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަންޖެހޭ ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ލިބޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވުމަށް ވަނީ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އެގޮތުން އީފާސް މެދުވެރިކޮށް tradian.gov.mv އިން ރަޖިސްޓްރޭޝަން ފޯމު ފުރުމުން ރަޖިސްޓަރ ވެވޭނެއެވެ. މިހާތަނަށް 58 އަށްވުރެ ގިނަ ޝިޕިންގ އެޖެންޓުންނާއި 70 އަށްވުރެ ގިނަ ފްރައިޓް ފޯވާޑަރުން ވަނީ މި ޕޯޓަލްގައި ރަޖިސްޓްރީ ވެފައެވެ.

މިއަދު އޮންލައިން