ބިލެއްދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބިލެއްދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ފ. ބިލެއްދޫގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ)ގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

މި ދަތުރުފުޅުގައި އިތުރު މުހިންމު މަޝްރޫޢެއްގެ އެއްބަސްވުމެއްގައިވެސް ސޮއިކުރެވުނެވެ. އެގޮތުން، އެރަށުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.

އެމްޓީސީސީން މިވަގުތު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކުޅިވަރު މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. ބިލެއްދޫގައި އަޅާ ވޮލީ ކޯޓަކީވެސް ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. ބިލެއްދޫގައި މިހާރު އަޅަން ފަށާފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ވޮލީ ކޯޓަކީވެސް މި މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.

މިއަދު އޮންލައިން