ޙަސަދަވެރިންނަށް ފުރުޞަތު ނުދޭންވީ މިހެންވެ! އަނބިމީހާގެ ހުރި ރަނގަޅުކަން އެނގުމުން ވީއުފަލުގަ ނޭވާނުލެވޭހައި ބާރަށް ފިރިމީހާއަށް ބައްދާލަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޙަސަދަވެރިންނަށް ފުރުޞަތު ނުދޭންވީ މިހެންވެ! އަނބިމީހާގެ ހުރި ރަނގަޅުކަން އެނގުމުން ވީއުފަލުގަ ނޭވާނުލެވޭހައި ބާރަށް ފިރިމީހާއަށް ބައްދާލަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

ޝަބީރަކީ ނާދިރާ އާއި އަޅައިގެންފައި ހުންނަ މީހެކެވެ. އެއް ދުވަހަކު ޝަބީރާއި ނާދިރާ އޮފީސް ނިމިގެން އެކުގައި ނުކުތްތަނުން ޝަބީރަށް ފެނުނީ ނާދިރާގެ ފިރިމީހާ ޒުވާން އަންހެން ކުއްޖަކާއިއެކު ހިނގަމުންދާތަނެވެ. އެތަން ނާދިރާއަށް ދައްކައި ފިރިމީހާ ބޭވަފާތެރިވަނީކަން ވިސްނައިދިނެވެ.  

އަނބިމީހާ ފިރިމިހާއަށް ފާރަލަމުންގޮސް ފިރިމީހާ ވަން ޢިމަރާތަށް ވަދެގެން ގޮސް ފިރިމީހާ އެޕާޓްމަންޓަކަށް ވަނުމުން ފަހަތުން ވަދެ އަޑުގަދަކުރަން ފެށިއެވެ. "ކަލެއަކީ ތިއަ ގޮތަށް ބޭވަފާތެރިވާނެ މީހަކު ކަމަށް ދުވަހަކުވެސް ހިއެއް ނުކުރަމެވެ."  

ނާދިރާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެ ދެއްކީ އޭނާގެ މަންމައެވެ. "މިއީ އަހުރެންގެ މަންމައެވެ. އަހުރެން ބަލައި ބޮޑުކޮށް ކިޔަވައިދީ މިހިސާބަށް ގެނެސްދިން މީހާއެވެ. އޭނާއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ބޭނުންވަނީ އެކަނި އުޅޭށެވެ. އެބަލި އަރައިފާނެތީ ގޭގައި އުޅެދޭނެ މީހަކު ހޯދުންވީ ދަތިކަމެކެވެ. މިކުއްޖާ މިގެނައީ މަންމަގެ ގާތުގައި ހުރުދިނުމަށް އެއްބަސްވީތީއެވެ."  

މަންމައަށް ބުނެވުނެވެ. "ދަރިފުޅާއެވެ! މައްސަލައަކީ މަންމައެވެ. މަންމަ މަރުނުވެ ލަސްވާ ކަމެވެ. މިހާރު މަންމަ މިވީ ދަރިފުޅުމެން ދެމަފިރިންގެ މެދުގައި ބޮޑު މައްސަލައަކަށެވެ."  

ނާދިރާއަށް ވަރަށް އަސަރުކުރިއެވެ. ބުންޏެވެ! "މަންމާއެވެ! މައްސަލައަކީ މަންމައެއް ނޫނެވެ. މަންމަގެ ދަރިފުޅެވެ. މަނަމައާއިބެހޭ ގޮތުން އަބަދުވެސް ސުވާލުކުރަމެވެ. އެކަމަކު މިބާވަތުގެ އެއްވެސް ވާހަކައެއް ނުބުނެއެވެ. މަންމަ އޮންނަންވީ މިތާ އެކަންޏެއް ނޫނެވެ. އަހުރެމެންނާއިއެކުގައި ހިނގާށެވެ! އެއްވެސް ބައްޔަކީ ފަސޭހަ ނުކުރެވޭނެ ބައްޔެއް ނޫނެވެ. އަހުރެންނަކީ އެއްވެސް ބައްޔެއް ދެކެ ބިރުގަންނަ މީހެއް ނޫނެވެ. އެއްވެސް ބަޔަކަށް މީހުންގެ ގައަށް އަރައި މަރައި ހެދުމުގެ ބާރު ދެއްވަވާފައެއް ނުވެއެވެ. މަންމަ ބަލައިޑޭން އެއްބަސްވި މިކުއްޖާވެސް ގެންދާނީއެވެ. އެއިރުން އަހުރެމެން އޮފީހަށްދާ ވަޤުތުގައިވެސް މަންމަގެ ކަންކަން ބަލައިދޭނެއެވެ."

އެންމެންނަށް އުފަލުން ރޮއިގަނެވުނެވެ. ފިރިމީހާ ވީއުފަލުން ނާދިރާގެ ގައިގައި ބެއްދިލެއް ބާރުކަމުން ނޭވާހާސްވާވަރުވިއެވެ.  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. ބުނެލަން ބޭނުންވަނީ މިޙާދިސާއަށް ބަލާއިރު ފިތުނަ އުފައްދަން ޝަބީރަށް ފުރުޞަތު އެލިބުނީ އަދި މަންމައަށް އެކަނި އޮންނަން ޖެހުނީވެސް ފިރިމީހާ އޭނާގެ މަންމަގެ ޙާލަތު އަނބިމިހާއަށް ކިޔައިނުދީ ސިއްރުކުރީތީއެވެ. މިއަދު ގިނަވާނީ ޝަބީރު ފަދަ މީހުންނެވެ. ވީމާ ދެމަފިރިންގެ މެދުގައި އެއްވެސް ކަމެއް ސިއްރުނުކުރާށެވެ! ކޮންމެ ކަމަކަށްވެސް ވާހަކަ ދައްކައި މަޝްވަރާކުރާށެވެ!

 

- ނާޒިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން