ޢާންމު ނަންފުޅުން ނަމަ ގިނަ ބައަކާ ރަޙްމަތްތެރިކަމުގެ ގުޅުން ބާއްވަމުން ގެންދެވި ސަނީ ޑޭލް އިސްމާޢީލް ޝަރީފަކީ އިސްލާމް ދީނަށް ޚިދުމަތް ކުރެއްވެވުމުގައި ފަހަކަށް އައިސް ފެނިފައިނުވާފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. މިސްކިތްތަކާއި ގޭބިސީތަކުން ފެންނަންހުރި ޝައިޚް ޖަޢުފަރު ފާއިޒްގެ ތަރުޖަމާތަކަށް އެކަނި ބަލައިލިޔަސް މާތް ﷲ ގެ ރަޙްމަތަށް އެދިވަޑައިގެން ކުރައްވާފައިވާ ޚިދުމަތްތައް ފެނިގެންދާނެއެވެ.
ދޫކުރެއްވެވި އަގުހުރި ފޮތްތަކަކީ ދިގުދެމިގެންވާ މަތިވެރި ޞަދަޤާތެކެވެ.
މީގެ އިތުރުން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. އަޅުގަނޑު ގެންދަވާފައި ވިދާޅުވިއެވެ. "ޝައިޚް ޖަޢުފަރު ފާއިޒަށްފަހު މިއުޅެނީ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ވަރަށް ނުގެންދެވިގެން. ޢިލްމްވެރިންގެ ވަޤުތު ހުރިގޮތުން. އެހެންވެ މިވިސްނަނީ ޢިލްމްވެރިންނާ ލިޔާނެ މީހުން ގޮވައިގެން ދުބާއީއަށް ގޮސް ދުވަސްކޮޅަކު މަޑުކޮށްލަން ކަމަށް! ތަންކޮޅެއް ފަސޭހައިން ވިސާ ލިބޭނެ މަގެއް އޮތްތޯ ބަލައިލަދީބަލަ! އެކަމަށް މަގެއް ނުފެނިގެން މިއުޅެނީ!"
ދެން ދެއްކެވީ ވަރަށް އަސަރުހުރި ވާހަކަފުޅުތަކެކެވެ.
މަޢުލޫމާތު ލިބޭ ގޮތުން އިސްމާޢީލް ޝަރީފް ﷲ ތަޢާލާގެ މަތިވެރި ރަޙްމަތަށް ދަތުރުފުޅު ކުރެއްވެވީ ރޭ މެންދަމުގެ ވަޤުތެއްގައެވެ. މައްޔިތާގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިއަދުގެ މެންދުރުނަމާދަށްފަހު ފުރްޤާން މިސްކިތުގައެވެ. ފަސްދާނުލުން އޮތީ މައްޗަންގޮޅި އާސަހަރާގައެވެ.
މައްޔިތާގެ ފުރާނައަށް ﷲ ތަޢާލާ ޖަންނަތުލްފިރުދައުސް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން
އިސްމާޢީލް ޝަރީފްގެ ޢުމުރުފުޅަކީ 90 އަހަރެވެ.
