ނިލަންދޫގެ އައު ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނިލަންދޫގެ އައު ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި

ފ. ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ނިލަންދޫ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢަކީ ނިލަންދޫ ރައްޔިތުންނަށް ދިގު އިންތިޒާރަކަށް ފަހު ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ނިލަންދޫގައި ޤާއިމްކުރާ މި އައު ނަރުދަމާ ނިޒާމަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އާއި ޙަވާލުކޮށްގެން ކުރިޔަށްގެންދާ ބޮޑު މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 69,680,093.29 ރުފިޔާ އެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 720 ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ގޭގޭގައި ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި ކަނޑަށް ފޮނުވާ އައުޓް ފޯލް އެއް އެޅުމުގެ އިތުރުން، މި ނިޒާމާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން ހިމެނެއެވެ. މި ނިޒާމު ޤާއިމްވުމާއެކު ނިލަންދޫގެ ރައްޔިތުންނަށް ސާފުތާހިރުކަމާއެކު ދިރިއުޅުމުގެ ފުރުސަތު އިތުރަށް ބޮޑުވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން