ދަރަބޫނދޫއަށް ރައީސް މުޢިއްޒު ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަރަބޫނދޫއަށް ރައީސް މުޢިއްޒު ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

ނިލަންދެއަތޮޅު އުތުރުބުރީ ދަރަބޫނދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަޑައިގެންފިއެވެ. އެމަނިކުފާނަށް ދަރަބޫނދޫ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ވަޑައިގެންނެވި ހަތަރުވަނަ ރަށަކީ ދަރަބޫނދޫއެވެ. މުޅި މި ދަތުރުފުޅުގެ ނުވަވަނަ ރަށަކީވެސް ދަރަބޫނދޫއެވެ.

ރައީސުލްޖުމްހޫރިއްޔާ ދަރަބޫނދޫއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރަށުގެ ބަނދަރު ސަރަޙައްދުން ފެށިގެން އެމަނިކުފާނު ވަޑައިގަންނަވާ މަގެއްގައި ރައްޔިތުން ޖަމާވެ، އުފާވެރިކަމާއެކު މަރުޙަބާ ކިޔާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ދަރަބޫނދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށުގެ ޢާންމު ރައްޔިތުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިފަދަ ދަތުރުފުޅުތަކަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރަށްރަށުގެ ހާލަތު ބައްލަވައި، ތަރައްޤީގެ މަޝްރޫޢުތައް ރާވާން އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

މިއަދު އޮންލައިން