ރައީސުލްޖުމްހޫރިއްޔާ މަގޫދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ރައީސުލްޖުމްހޫރިއްޔާ މަގޫދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފ. މަގޫދޫއަށް ވަޑައިގަތުމުން، އެރަށުގެ ގިނަ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދޫއަށް ވަޑައިގެންނެވުމާ ގުޅިގެން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ދިހަވަނަ ރަށަކީ ފ. މަގޫދޫއެވެ. އަދި މިއަދު އެމަނިކުފާނު ވަޑައިގެންނެވި ދެވަނަ ރަށަކީ މަގޫދޫއެވެ. ފ. އަތޮޅަކީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ދެވަނަ އަތޮޅެވެ.

މަގޫދޫއަށް ވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ ބޭނުންވާ ޚިދުމަތްތަކާ ގުލޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދު އޮންލައިން