މަގޫދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
މަގޫދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި އަމަލީ މަސައްކަތް ފަށައިފި

ފ. މަގޫދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ފ. އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން މަގޫދޫއަށް ވަޑައިގެން ބޭއްވެވި މި ރަސްމިއްޔާތުގައި، މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރެވެ.

މި މަރުކަޒު އިމާރާތްކުރުމަކީ ރަށުގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ފުލުހުންގެ ޚިދުމަތް ރަށު ފެންވަރުގައި ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މި މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން މަގޫދޫގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން