މުލަކަތޮޅު ވޭވަށަށް ރައީސް ވަޑައިގަތުމުން ހޫނު މަރުހަބާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މުލަކަތޮޅު ވޭވަށަށް ރައީސް ވަޑައިގަތުމުން ހޫނު މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މުލަކަތޮޅު ވޭވަށަށް ވަޑައިގެން، އެރަށުގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ލިބިވަޑައިގެންފިއެވެ. ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކަތޮޅަކީ ރައީސް ވަޑައިގެންނެވި ތިންވަނަ އަތޮޅެވެ. އަދި ވޭވަށަކީ މި ދަތުރުފުޅުގައި ވަޑައިގެންނެވި 11 ވަނަ ރަށް ކަމުގައިވާއިރު، މިއަދު ވަޑައިގެންނެވި ތިންވަނަ ރަށްވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވޭވަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެދުންތައް ސީދާ ރައްޔިތުންގެ ކިބައިން އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެމީހުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން