މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ވަގުތީ ކޮމިޓީ އެކުލަވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ވަގުތީ ކޮމިޓީ އެކުލަވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ވަގުތީ ކޮމިޓީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލައިފިއެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ މީޑިއާ ކޮމިޝަން އެކުލަވާލައި، މެންބަރުން އައްޔަންކުރެވެންދެން ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ބެލެހެއްޓުމަށެވެ. ޤާނޫނުގައިވާ ގޮތުން މި ކޮމިޓީގައި ހިމެނެނީ 5 މެންބަރުންނެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި ކޮމިޓީ އެކުލަވާލައި، މެންބަރުން އައްޔަންކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި ކޮމިޓީގެ މެންބަރުންނާ މަސްއޫލިއްޔަތުތައް ޙަވާލުކޮށް، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން އެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރައްވާފައިވެއެވެ.

ވަގުތީ ކޮމިޓީގައި ހިމެނެނީ ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މަޢުސޫމް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ޝާހިދާ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ނަސީރު އަދި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުހައްމަދެވެ.

މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި މެންބަރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިޢުލާންކުރަން ޖެހޭނެއެވެ.

މިއަދު އޮންލައިން