17.5 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ކުރިއަށްގެންދިޔަ .ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
17.5 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ކުރިއަށްގެންދިޔަ .ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާލައިފި

މުލަކަތޮޅު ދިއްގަރުގައި ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 17.5 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުގެ މަސައްކަތް ވަނީ ނިމުމަކަށް ގެނެސްފައެވެ.

މި މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މި މަޝްރޫޢަކީ ދިއްގަރުގައި 25 ހެކްޓަރުގެ ބިން ހިއްކުމަށްފަހު، އެ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން އަހަރެއްގެ މުއްދަތުގައި ނިންމާލާފައިވާ މި މަޝްރޫޢުގެ ދަށުން 700 މީޓަރުގެ ބޮޑުހިލައިގެ ތޮށި ޖެހުމުގެ އިތުރުން، 138 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށްޓެއްވެސް ވަނީ ލާފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއްވެސް ވަނީ ޖަހާފައެވެ. މި މަޝްރޫޢަކީ ދިއްގަރަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 2023 ވަނަ އަހަރު ހިއްކި ބިން ރައްކާތެރިކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢު ނިމުމާއެކު ދިއްގަރުގެ ހިއްކި ބިމުގެ ސަރަހައްދު ރައްކާތެރިކުރެވި، އެ ސަރަހައްދު ގިރުމުން ސަލާމަތްކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން