ހުޅުމާލެ ހޮސްޕިޓަލްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރުގެ ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހުޅުމާލެ ހޮސްޕިޓަލްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރުގެ ޚިދުމަތް ފަށައިފި

ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން މިއަދުން ފެށިގެން 24 ގަޑިއިރުގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއްގެ ދަށުން ތަންފީޒުކުރަން ފެށި ޚިދުމަތެކެވެ.

ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރިން އެންމެ ޝިފްޓެއްގައި ހިންގަމުން އައި މި ކްލިނިކް، މިދިޔަ އޭޕްރީލް 23 ވަނަ ދުވަހު ދެ ޝިފްޓަށް ފުޅާކުރެވުނެވެ. އަދި މިހާރު މި ވަނީ ފުރިހަމަ 24 ގަޑިއިރުގެ ޚިދުމަތަށް ބަދަލުކުރެވިފައެވެ.

މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު ޚިދުމަތް ލިބެން ހުންނާނެއެވެ. މި ބަދަލާއެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ޞިއްޙީ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މި ޚިދުމަތް 24 ގަޑިއިރަށް ފުޅާކުރުމަކީ ސަރުކާރުގެ ޤައުމީ ސިޔާސަތުގެ ދަށުން ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ބަދަލުގެ ސަބަބުން ހުޅުމާލެ ފޭސް 2 ގެ ކޮންމެ ޢާއިލާއަކަށްވެސް އިތުބާރުހުރި ޞިއްޙީ ފަރުވާ ގާތުން ލިބުމުގެ އިތުރުން، ކުއްލި ޙާލަތްތަކުގައި އަވަސް ޚިދުމަތް ލިބިގެންދާނެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކުރުމަކީ އެ ސަރަޙައްދުގެ ރައްޔިތުންގެ ދުޅަހެޔޮ ޞިއްޙަތަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން