ނާލާފުށީގައި ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ނާލާފުށީގައި ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި އަމަލީ މަސައްކަތް ފަށައިފި

މުލަކު އަތޮޅު ނާލާފުށީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއެކު އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ މުލަކު އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން ނާލާފުއްޓަށް ވަޑައިގެން ބޭއްވެވި މި ރަސްމިއްޔާތުގައި، މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރާއި، ދާއިރާގެ މެންބަރު އަދި ނާލާފުށީ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނާލާފުށީގައި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމަކީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުން އައި ކަމެކެވެ. މި މަރުކަޒު ޤާއިމުކުރެވުމުން އެ ސަރަޙައްދުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން