މުލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މުލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

މ. މުލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މުއްޠަލިބްގެ އިތުރުން، ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ނާޒިމް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މުލީ ކައުންސިލްގެ ރައީސް ޝަމްޢޫން ރަމީޒް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުލީގެ މަގުތައް ތަރައްޤީ ކުރުމުގެ މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 85 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާއަށެވެ. އެއީ 85,029,368.76 ރުފިޔާއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން މުލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރަށުގެ މަގުތަކުގެ ވަށައިގެންވާ ސަރަހައްދު ތަރައްޤީކުރެވިގެންދާނެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމްވެގެންދާނެއެވެ.

މިއަދު އޮންލައިން