ވެމްކޯގެ ޚިދުމަތް މުލީގައި ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ވެމްކޯގެ ޚިދުމަތް މުލީގައި ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މ. މުލީގައި ވެމްކޯގެ ޚިދުމަތް ފެށުމަށްޓަކައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މުލީ ކައުންސިލާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މުލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް އެވެ. އަދި މުލީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝަމްޢޫން ރަމީޒް އެވެ.

މި އެއްބަސްވުމުގެ ދަށުން މުލީގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅޭ އިތުރު ފިޔަވަޅެކެވެ.

ވެމްކޯއިން ކުރިން ވެސް ވަނީ ގިނަ ރަށްތަކެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި މި ޚިދުމަތް އިތުރު ރަށްތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ފާހަގަކުރެވެއެވެ.

މި އެއްބަސްވުމުގެ ދަށުން މުލީގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފެށުމުން، އެރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ކުނި ނައްތާލުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ސާފުތާހިރު މާހައުލެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން