ރާއްޖެ އާއި ހަންގޭރީ ސަރުކާރާ ދެމެދު ކޯޕަރޭޝަން ވިތިން ދަ ފްރޭމްވޯރކް އޮފް ދަ ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރާއްޖެ އާއި ހަންގޭރީ ސަރުކާރާ ދެމެދު ކޯޕަރޭޝަން ވިތިން ދަ ފްރޭމްވޯރކް އޮފް ދަ ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާ ދެމެދު ކޯޕަރޭޝަން ވިތިން ދަ ފްރޭމްވަރކް އޮފް ދަ ސްޓައިޕެންޑިއަމް ހަންގޭރިކަމް 2025 -2027 ފަހުމުނާމާގައި އ.ދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ އެންމެ އިސްބޭފުޅުންގެ ބައްދަލުވުންތަކުގެ ހަވާސާ ތެރެއިން، މިއަދު ނިއުުޔޯކް ގައި ސޮއިކޮށްފިއެވެ. 

ދިވެހި ސަރަކުރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް އެވެ. އަދި ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓަރ ސިޔާރޓޯ އެވެ. 

މި ފަހަމުނާމާގެ ދަށުން ހަންގޭރީގެ ޔުނިވަރސިޓީ ތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޑޮކްޓޯރަލް ފެންވަރުގެ ސަނަދުތައް ހާސިލު ކުރުމަށް 2025 އިން 2027 އަށް، ކޮންމެ އަހަރުކުވެސް ދިވެހި ދަރިވަރުންނަށް 25 ސްކޮލަރޝިޕް ފުރުޞަތު ލިބިގެންދާނެއެވެ. 

ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމް އަކީ ބައިނަލްއަޤްވާމީ ދަރިވަރުން ހަންގޭރީގައި މަތީ ތައުލީމު ހާޞިލުކުރުމަށް ޝައުގުވެރިކުރުވުމަށާއި، ދަރިވަރުންނަށް ހަންގޭރީގައި އަމިއްލަ އަދި ރަސްމީ ގުޅުންތައް ގާއިމުކުރުމުގެ ފުރުޞަތު ހޯދާދިނުމުގެ އިތުރުން ޔޫރަޕްގައި ތިބެ، އެންމެ މަތީ ފެންވަރުގެ  ސެޓްފިކެޓްތައް  ހާސިލުކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ހަންގޭރީ ސަރުކާރުން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. 

 

މިއަދު އޮންލައިން