އަހުރެންގެ މިހާރުގެ ޢުމުރަކީ 99 އަހަރެވެ. ދުނިޔޭގައި ހުރެވުނިއްޔާ އަންނަ އަހަރު 100 އަހަހަރު ދުނިޔޭގައި ހުރެވުނީއެވެ. އެހެންކަމުން ކުޑަ ވާހަކައެއް ބުނެލާނަމެވެ.
އެވާހަކައަކީ އެންމެ ޒުވާން ޢުމުރުގައިވެސް މަރުވެދާނެތީ ކަންބޮޑެއް ނުވަމެވެ. ޒުވާން ޢުމުރުގެ ބޮޑުބައެއްގައި އުޅެންޖެހުނީވެސް ސިފައިންގެ ތެރޭގައެވެ. ބޮޑެތި ހަނގުރާމަތަކުގައިވެސް ބައިވެރިވީމެވެ. ހަނގުރާމައިގެތެރޭގައި އުޅެންޖެހުނު ވަޤުތުތަކުގައިވެސް މަރާއިމެދަކު ނުވިސްނަމެވެ. އަބަދުވެސް ޔަޤީންކޮށްގެން ހުންނަނީ މަރުވާނީ އެއްފަހަރުކަމާއި މަރުވާނީ ޢުމުރުހަމަވުމުން ކަމެވެ.
ކޮންމެއަކަސް ކުރިމަތިވި ކަމެއްގެވާހަކަވެސް ބުނެލާނަމެވެ. އެމެރިކާގެ ފައުޖަކާއި ކުރިމަތިލައި ހަނގުރާމަކުރި ރެއެކެވެ. ޙަރަކާތްތެރިވަމުން ދިއައީ 5 މީހުންގެ ގްރޫޕުތަކަކުންނެވެ. އަހުރެމެންގެ ގްރޫޕަށް ތަންކޮޅެއް ދުރަށް ދެވިފައި ތިއްބައި އަހުރެމެންނަށް އަމާޒުކޮށް ވަރުގަދަހަމަލާތަކެއް ދިނެވެ. ޙަމަލާތަކުން ސަލާމަތްވާން ބޮޑެތި ހިލަތައް އައްޑަނައަކަށް ހެދީމެވެ. އެގޮތަށް އުޅުމުގެ ތެރެއިން 5 މީހުން ވަކިވަކިވިއެވެ.
އަހުރެންވެސް ބޮޑު ހިލައަކުން ކަވަރުނަގައިގެން އިންދައި ވެހިކަލެއްގައި އައިބައަކަށް އަހުރެން ފެނިގެން އައިސް ގާތަށް މަޑުކޮށްލިއެވެ. 3 މީހަކު ފައިބައި އަހުރެންނާއި ދިމާއަށް އައެވެ. އަހުރެންނަށް އެމީހުން އަންނަތަން ފެންނަ ކަމަކަށްވެސް ނުހަދަމެވެ. އަހުރެން ދިއައީ ސަޖިދައަށެވެ.
އެމީހުން އައިސް އަހުރެންގެ ގާތަށް ހުއްޓިފައި ބުނާއަޑު އިވުނެވެ. "މިއީ އެއްވެސް ބުރަދަނެއް ހުރި މީހެއް ނޫނެވެ. މިހާރުވެސް އެއޮތީ ބިމުން ވެލިކާށެވެ!" އަހުރެން ސަޖިދައިން ތެދުވީ ވެހިކަލް ދުއްވައިލި އަޑުއިވުމުންނެވެ.
އަހުރެން ސަޖިދަކުރީ މަރަށް ބިރަކުން ނޫނެވެ. އެމީހުން ބަޑިޖަހައި މަރައިލިނަމަވެސް އަދި އަސީރުކުރި ނަމަވެސް އެންމެ ފަހު ވަޤުތުކޮޅުވެސް ސަޖިދައިގައި އޮތުމުގެ ބޭނުމުގައެވެ. އެބިރުވެރި ވަޤުތުކޮޅުގައިވެސް ދިގު ޢުމުރަކަށް ނުއެދެމެވެ. އެދުނީ އެންމެ ހެޔޮ ނިމުމަކަށެވެ.
އަހުރެން އެއިރުވެސް މިހާރުވެސް މަސައްކަތް މިކުރަނީ ހެޔޮ ނިމުމަކަށެވެ. މާތް ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމަށެވެ. އެކަނި އުޅެންޖެހިފައިވާތާ 20 އަހަރު ވެއްޖެއެވެ. މިހާރު ދެވަނައަށް އޮތް އެންމެ ބޮޑު އުންމީދަކީ އަނބިމީހާއާއި ސުވަރުގެއިން ބައްދަލުވުމެވެ. އެއީ އާދައިގެ އަންބެއް ނޫނެވެ. އަހުރެންނަށް 18 ދަރިން ވިހައިދިން އަންތބެކެވެ.
- ސޯޝަލް މީޑިއާއިން-
--ޢިބްރަތްތެރި ވާހަކަ-