ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން މިރޭގެ ޢިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގަ!

މިއަދު
ކިޔުމަށް ހޭދަވާނީ 37ސ
ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން މިރޭގެ ޢިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގަ!

ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު މިއަދު ވަނީ އަވަހާރަވެފައެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތްލެއްވުން އެދި ދުޢާކުރަމެވެ.

އެމަނިކުފާނަކީ އިސްލާމްދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެކެވެ. އަދި އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގައި ޚުޠުބާ ދެއްވާފައިވެއެވެ. 

އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރެވޭނެއެވެ. ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

 

- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން