ކޮޅުފުށިން ރައީސް އަށް ހޫނު މަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮޅުފުށިން ރައީސް އަށް ހޫނު މަރުހަބާއެއް ދަންނަވައިފި

މުލަކަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކޮޅުފުއްޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ރައީސްގެ މި ދަތުރުފުޅަކީ ރަށުގެ ތަރައްޤީއަށް މުހިންމު ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ކޮޅުފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މީގެއިތުރުން ކޮޅުފުށީ ސްކޫލްގެ އިސްވެރިންނާއި ރައްޔިތުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކޮޅުފުށީގެ އުމްރާނީ ތަރައްޤީއާ ގުޅުންހުރި ދެ މުހިންމު މަޝްރޫޢެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެރަށުގައި އިމާރާތްކުރެވޭ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އެޅުމާއި، އެރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުން ހިމެނެއެވެ.

މި މަޝްރޫޢުތަކަކީ ކޮޅުފުށީގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި މަޝްރޫޢުތަކެއް ކަމަށްވުމާއެކު، ރައީސްގެ މި ދަތުރުފުޅާ ގުޅިގެން ރަށުގެ ރައްޔިތުން ދަނީ ވަރަށް ބޮޑު އުފަލެއް ފާޅުކުރަމުންނެވެ.

މިއަދު އޮންލައިން