ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައީސްއާއި މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައީސްއާއި މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ‏މ. ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމާ ގުޅޭ ގޮތުން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވީ މ. ރަތްމަންދޫގައި ރައްޔިތުންގެ ޚިޔާލާއި ފިކުރު ހޯއްދެވުމުގެ މަޤްޞަދުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ރައްޔިތުންނާ ބައްދަލުކުރައްވައި ރަށްރަށުގެ އެންމެ ބޮޑެތި މައްސަލަތަކާއި ކުރިމަގަށް ބޭނުންވާ ތަރައްޤީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަކީ، އެ ރަށުގެ ރައްޔިތުންނަށް ދިގުދެމިގެންދާ ހައްލެއް ގެނެސްދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަތްމަންދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަމަށް ދެވޭނެ އެންމެ ރަނގަޅު ހައްލެއް ހޯއްދެވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރަށު ކައުންސިލާއި، އާންމު ރައްޔިތުން ވަނީ މި ބައްދަލުވުމަށް މަރުޙަބާ ކިޔައި، މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަން ފާޅުކޮށްފައެވެ.

 

 

މިއަދު އޮންލައިން