ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި މިނިސްޓަރ ސަޢީދު ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި މިނިސްޓަރ ސަޢީދު ބައިވެރިވެވަޑައިގެންފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ގުޅިގެން ކުޅުދުއްފުށި ސިޓީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގެންފިއެވެ.

މިގޮތުން "ކުޅުދުއްފުށި ބިޒްނަސް ބްރީފް" ގެ ނަމުގައި އިއްޔެ ބޭއްވެވި މި ސެޝަންގައި، ވިޔަފާރި ރަޖިސްޓްރީކުރުމާއި، ކްރިއޭޓިވް އިކޮނޮމީގެ ފުރުޞަތުތަކާއި، ކުރިއަށް އޮތް އެމްއެސްއެމްއީ އެވޯޑްސްގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މީގެ އިތުރުން އެ ސިޓީގެ ވިޔަފާރިވެރިންނާއެކު ސުވާލާއި ޖަވާބު ސެޝަނެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޢުލޫމާތު ސެޝަން ކުރިއަށްގެންގޮސްފައިވަނީ މިނިސްޓަރ ސަޢީދު ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން