އެޢާއިލާ ނިޞްބަތްވަނީ ފަޤީރު އަވަށަކަށެވެ. ތަނަވަސް ދެމަފިރިއަކު ކާރުގައި ދަނިކޮށް ފެންނަނީ ދެއަތް އުފުލައި އުޑަށް ބަލަހައްޓައިގެން ދުޢާކުރަން ހުރި ކުޑަ އަންހެން ކުއްޖެކެވެ. ފިރިމީހާއަށް އެތަން ދެއްކުމުން ފިރިމީހާ ކާރު މަޑުކުރިއެވެ.
ދެމަފިރިން އެކުގައި ގޮސް ކުއްޖާއާއި ސުވާލުކުރިއެވެ. "ރޭގަނޑުގެ މިހައި ދަންވަރު ދުޢާ ތިއަކުރަނީ ކޮންކަމަކަށް އެދިގެން ހެއްޔެވެ؟" ޖަވާބުގައި އަންހެން ކުއްޖާ ކިޔައިދިނެވެ. "ބޭބޭއެވެ! ދައްތާއެވެ! މަންމާއެވެ! ބައްޕާއެވެ! އަހުރެމެންގެ މަންމައާއި ބައްޕައަށް ލިބުނީ 2 ދަރިންނެވެ. ވަރަށް ކުޑައިރު މަންމަ ޢާއި ބައްޕަ މަރުވެއްޖެއެވެ. ދެން ގެންގުޅުނީ ކާފައެވެ. ކާފަވެސް ދެންމެއަކު އެއޮތީ ނިޔާވެފައެވެ. އަހުރެން ވަޅެއް ކޮނުނަސް ވަޅުލެވޭނީ ފަތިހު މީހުން ހޭލައި ވަޅުލައިދިނީމައެވެ.
އަހުރެމެން ދެބެއިންނާއި އަޅައިލާނެ އެކަކުވެސް ނެތެވެ. އަހުރެންނަށް ކޮންމެ ޙާލެއް ޖެހުނަސް މައްސަލައެއް ނެތެވެ. އެކަމަކު ކޮއްކޮއަށް ކިޔެވި މޮޅު ކޮއްކޮއަކަށްވާން ވަރަށް ބޭނުމެވެ. އެެހންވެ ދުޢާ މިކުރަނީ ކޮއްކޮއަށް ކިޔެވައި މޮޅުވެވޭނެ ގޮތެއް މިންަވރުކުރެއްވެވުން އެދިގެންނެވެ. އެއިރުން އަހުރެންނަށް އެނިމުނީއެވެ."
ދެމަފިރިންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ކިސަޑުން ހަދާފައިވާ ޖިފުޓިއަށް ވަދެ ބަލައިލިއިރު ކޮއްކޮ އޮތީ ނިދާފައެވެ. މަރުވެފައި އޮތް ކާފަގެ ހަށިގަނޑުވެސް އަށްޓެއްގައި އޮތެވެ. އެތަން ފެނުމުން މާބޮޑަށް އަސަރުކުރިއެވެ.
އެކުއްޖާ ގޮވައިގެން ބޭރަށް ނުކުމެ އޭނާގެ ނޯކަރުންނަށް ފޯނުކޮށްފައި ވަޤުތުން ގެނެސް ކާފަގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރަން ސަހަރާއަށް ގެންދަން ބުނެފައި ދެމަފިރިން ދިއައީ 2 ކުދިން ގޮވައިގެންނެވެ.
ހެނދުނު 2 ކުދިން ގޮވައިގެން ސަޙަރާއަށް ގޮސް ކާފަގެ ޖަނާޒާގެ ކަންކަން ފުރިހަމަކޮށް ނިންމާފައި އައިސް 2 ކުދިންނަށް ބުންޏެވެ. "އަހުރެމެން ދެމަފިރިންގެ ދަރިއަކު ނެތެވެ. މިއަދުން ފެށިގެން ތިއައީ އަހުރެމެންގެ ދެދަރިންނެވެ. އަމިއްލަ ގެ ކަމަށް ބަލައިގެން މިއީ މަންމަ ޢާއި ބައްޕަ ކަމަށް ބަލައިގެން އުޅޭށެވެ! ކިޔަވައިދޭނީ ކޮއްކޮއަށް އެކަންޏެއް ނޫނެވެ. ދެބެއިންނަށެވެ."
އެހިސާބުން އެދެމަފިރިންނަށް އުފާވެރިކަން ލިބުނީއެވެ. ދެބެއިންނަށްވެސް ތަނަވަސް ބައްޕައަކު ލިބުނީއެވެ. އެނގިގެން މިދިއައީ ކުޑަކުޑަ ދައްތަ ކުޑަކުޑަ ކޮއްކޮއަށްޓަކައި ކުރި ދުޢާގެ ހުރި ބާރެވެ.
- ޢިބްރަތްތެރި ވާހަކަ / މިއަދުނޫސް