ކަކޮޅަސް ވަންދޫއާ ހަވަލުކުރީ ރައްޔިތުންނަށް ތަރައްޤީ ހޯދައިދީ އިޤްތިޞާދީ ފުދުންތެރިކަން ހޯދައިދިނުމަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކަކޮޅަސް ވަންދޫއާ ހަވަލުކުރީ ރައްޔިތުންނަށް ތަރައްޤީ ހޯދައިދީ އިޤްތިޞާދީ ފުދުންތެރިކަން ހޯދައިދިނުމަށް: ރައީސް

ތ. ކަކޮޅަސް ވަންދޫއާ ހަވާލުކޮށްފައިވަނީ ރަށާއި ރައްޔިތުންނަށް ތަރައްޤީ ހޯދައިދީ، އިޤްތިޞާދީ ފުދުންތެރިކަން ހޯދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރަށުން މަންފާ ހޯދޭނެ ގޮތް ކައުންސިލަށް ފަހިކޮށްދެއްވާނެ ކަމަށެވެ. މިގޮތުން، އެއްބަސްވުމަށް އިތުރު ލުއިތަކާއި ހެޔޮ ބަދަލުތައް ގެންނަވާނެ ކަމަށާއި، ރަށުން ކައުންސިލަށް އިތުރު ފައިދާތައް ހޯދޭނެ ގޮތްތައް ބައްލަވައި، އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަންދޫގައި ފަށާފައިވާ މިސްކިތުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށް، ލައިޓް ޖަހައި ޓާފު އެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރަށުގެ ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު އޮތީ ބީލަމަށް ހުޅުވާލުމުގެ މަރުހަލާގައި ކަމަށާއި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްކޫލްގެ އައު އިމާރާތުގެ މަސައްކަތްވެސް މި އަހަރު ތެރޭގައި ޢަމަލީގޮތުން ފައްޓަވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ މި ބައްދަލުކުރެއްވުމުގައި އިޢުލާނުކުރައްވާފައެވެ.

މިއަދު އޮންލައިން