ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުންނާއި އެމީހުންގެ ފައިދާ ނަގާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ: ސީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުންނާއި އެމީހުންގެ ފައިދާ ނަގާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ: ސީޕީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި އެމީހުންގެ ފައިސާ ނަގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. 

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފުލުހުން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިޖުރަކުރުމާއި އެކަމުން ފައިދާ ހޯދާ ފަރާތްތަކަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށާއި ގަވާއިދުތަކާ އެއްގޮތަށް ބިދޭސީ މަސައްކަތްތެރިން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރި ނަމަވެސް، ގައުމަށް ގަވާއިދާ ހިލާފަށް ވަދެ ނުވަތަ މަސައްކަތްކުރާ ކޮންމެ މީހަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ.  

ހަމައެއާއެކު، އިންސާނީ ވަގުފާރިއަކީ ނާޒުކު ހާލަތުގައި ތިބޭ މީހުން އަނިޔާވެރި ގޮތުގައި ބޭނުންކޮށް މުޖުތަމައުއަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކުރުވާ ނުރައްކާތެރި ކުށެއްކަން ފާހަގަކުރައްވައި، މިފަދަ ކުށްތަކަކީ ގައުމުގެ ސަލާމަތަށް ނުރައްކާކޮށް، އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރުތައް ފޯރުވާ ކުށްތަކެއްކަމަށް ވިދާޅުވިއެވެ. އަދި އިންސާނީ ވަގުފާރިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ކޮންމެ ފަރުދެއްގެވެސް ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާއެކު މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.  

މިއަދު އޮންލައިން