އަންނަ މަހުން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރެވޭނީ، އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް: އެމްޕީއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަންނަ މަހުން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރެވޭނީ، އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހާމަކުރި ގޮތުގައި އޮކްޓޯބަރު 1 އިން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރެވޭނީ، އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އެމްޕީއެލްއިން ބުނީ ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު ހުޅުމާލެ ޓަރމިނަލުން މުދާ ކްލިއަރ ކުރުން އަވަސްވެ، އާންމުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

މި ކިޔުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި މި ކިޔުގައި ބައިވެރިވުމަށް ޝަރުތުތަކެއް ކަނޑައަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރިއެވެ.

އެމްޕީއެލްއިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، މާލެ ކޮމާޝަލް ހާބަރު ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އެމްސީއެޗް ކިޔުއިން ވަކިވުމަށް އެދި ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. އަދި ރަޖިސްޓްރީވާ ފަރާތަކީ އެމްސީއެޗް ކިޔު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލުކުރެވިފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ.

މީގެ އިތުރުން، ވެހިކަލްގެ ވެރިފަރާތަކީ ދިވެއްސަކަށް ވުމާއި، އޭ ޒޯންގައި ރަޖިސްޓްރީކުރެވިފައިވާ ވެހިކަލަކަށް ވުން ލާޒިމްކުރެއެވެ. އަދި ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތަކަށް ކަމަށްވެސް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ.

މިއަދު އޮންލައިން