ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްދީފިއެވެ.

ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މި އެހީތެރިކަމަށް އެދުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލާފައިވަނީ އޮގަސްޓް 27 ގެ ނިޔަލަށެވެ. ނަމަވެސް އިތުރު މީޑިއާތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރު މުއްދަތު ވަނީ ސެޕްޓެމްބަރ 7 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފައެވެ.

"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު" އާންމުކޮށްފައިވަނީ އޮގަސްޓް 19 ވަނަ ދުވަހުއެވެ. މި އުޞޫލުގެ ދަށުން އެހީއަށް އެދި ހުށަހެޅޭނީ mediaapp.one.gov.mv މެދުވެރިކޮށްކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

އުޞޫލުގައިވާ ގޮތުން، މާލީ އެހީތެރިކަން ލިބުމަށް އެދޭ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމުގައި ވާންޖެހެއެވެ. އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވާންޖެހެއެވެ.

އަމިއްލަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތިލެވޭނެ މިންގަނޑުތައް ބަޔާންކުރާ މި އުޞޫލުގެ ދަށުން އާންމު ގޮތެއްގައި ފައިސާ ދޫކުރަނީ ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ. ނަމަވެސް މިއަހަރު އެއް ޕޭމަންޓުގެ ގޮތުގައި ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މިއަދު އޮންލައިން