މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފި

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

އާ ގަވާއިދުގެ ދަށުން، ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް 10 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަދި ނަން ހުށަހަޅާ ފަރާތްތަކަށް 48 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުކުރާނީ ޖުމްލަ 4 މެންބަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ. އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ވަކިންނެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ މީޑިއާއަކުން ވޯޓުލުމަށް ފޮނުވޭނީ އެންމެ މީހެކެވެ. އަދި އެ ފަރާތް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހު ފައިނަލް ލިސްޓް އާންމުކުރާނެއެވެ.

އަލަށް އުފައްދާފައިވާ މި ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް ބާއްވާ އިންތިޚާބުގެ ތާރީޚު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން