ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

ތ. ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް، އޮނަރަބަލް ހަސަން ރަޝީދެވެ.

1011 މީހުންގެ އާބާދީއެއް އޮންނަ ދިޔަމިގިލީގައި ރަނގަޅު ފެންވަރަކަށް މަގުތައް ހެދިފައި ނެތުމަކީ ޒަމާނުއްސުރެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. 82.81 މިލިއަން ރުފިޔާގެ މި މަޝްރޫޢު 570 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ނިމުމުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ޗަކަ ހެދި، ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް ލިބި، ދިޔަމިގިލީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޒަމާނީ މަގުތަކެއް ލިބިގެންދާނެއެވެ.

 

މިއަދު އޮންލައިން