މާގިނަ ދޮގުހަދަނީ! މާބޮޑެތި ވައްކަންކުރަނީ! ކިޔަމުންދަނިކޮށް އެމްޑީޕީގެ ސަރުކާރުގަ ފެނަކަ އެކަނިވެސް ރާއްޖޭގެ ތާރީޚުގަ ކުރި އެންމެ ބޮޑު ވައްކަމުގެ ރެކޯޑް ހަދައިފިކަން ހާމަވެއްޖެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ 2.2 ބިލިއަން ރުފިޔާގެ ވައްކަމުން ބައި އެލުނީ ހަމައެކަނި ފެނައިގެ ވެރިންނަށާ މުވައްޒިފުންނަށްތޯއެވެ؟
"ލޫޓޫވާލައިގެން ކަންބޮޑުވެ ފޮތިތައް ދަމައިގެން މިއުޅެނީ ކޮށްފައިވާ މިފަދަ ބޮޑެތި ވައްކަންތައް ފޮރުވަން ހަދާ ބޮޑެތި ދޮގު ފެތުރުމުގެ ފުރުޞަތު ނޫންތޯ؟"ވެސް ސުވާލު އުފެދެއެވެ.
ފެނަކައިގެ ބޮޑު ވައްކަމުގެ އުސް އަލިތައް:
*ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ކުރި އެންމެ ބޮޑު ވައްކަން އޮޑިޓަރ ޖެނެރަލް މިރޭ ހާމަކުރައްވައިފި
*ރައީސް ޞާލިޙްގެ ސަރުކާރުގައި ފެނަކައިން ހިންގިކަން އޮޑިޓަށް ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތި
*އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢު
*ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން
*ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން
*ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން
*ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން
*ހަމައެކަނި ފެނަކައިގެ މި ވައްކަން، 1990 ގައި ފަޅާއެރި އެފްޕީއައިޑީއާ 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ވައްކަމަށް ވުރެ މާބޮޑު
*އެމްޑީޕީ ސަރުކާރުގައި ފެނަކައިން އެކަނި ދައުލަތުގެ އޮޑިޓަށް 2.2 ބިލިއަނުގެ ވައްކަން ބޭޒާރުވުމުން ޔަގީންވަނީ، އެމްޑީޕީ ވެރިކަމުގައި 2018 ން 2023 އަށް ހިންގި ވައްކަމާ ޚިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަން!
އޮޑިޓް ރިޕޯޓް:
https://x.com/auditmv/status/1971292176446521555?s=46&t=wygBbqlbp2RbL8DXMa30LA