ގުރައިދޫގައި ސެނަހިޔާގެ ހައިޕަރބެރިކް ސެންޓަރ ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ގުރައިދޫގައި ސެނަހިޔާގެ ހައިޕަރބެރިކް ސެންޓަރ ހުޅުވައިފި

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ ގޮތްޕެއް ކަމުގައިވާ ސެނަހިޔަ ހައިޕަރބެރިކް ސެންޓަރ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތ. ގުރައިދޫގައި ހުޅުއްވައިދެއްވައިފިއެވެ.

ސެނަހިޔަ ހައިޕަރބްރިކް ސެންޓަރުގައި ބެހެއްޓިފައިވާ ހައިޕަރބްރިކް ޗެމްބަރއަކީ ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އެމްއެންޑީއެފަށް ލިބިފައިވާ ޗެމްބަރއެކެވެ. ސެނަހިޔަ ހައިޕަރބެރިކް ސެންޓަރަކީ ޑައިވްކުރުމުގައި ދިމާވާ ޞިއްޙީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްޞަ ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން، ދިވެހި މަސްވެރިންނަށާއި، ޑައިވަރުންނަށާއި، ފަތުރުވެރިންނަށް  ޑައިވްކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތަކަށް ފަރުވާ ދިނުމަށް ބޭނުން ހިފޭނެއެވެ. 

މިއީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ހުޅުވި ފުރަތަމަ ހައިޕަރބެރެކް މެޑިކަލް ޚިދުމަތްދޭ ސެންޓަރެވެ.

މިއަދު އޮންލައިން