އުތުރާއި މެދުރާއްޖެ ތެރެއަށް ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް!

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
އުތުރާއި މެދުރާއްޖެ ތެރެއަށް ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް!

ކުރިއަށް އޮތް 3 ދުވަހު އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އިންޒާރު ދީފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު ސަމާލު ނޯޓެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި މި ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ.

މިކަމާގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ދެމި އޮންނާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ. އަދި މި ދުވަސްވަރު ކަނޑަށް ނުކުންނަ އުޅަނދުފަހަރުން މޫސުމުގެ މައުލޫމާތު ގަވައިދުން ބަލަމުން ގެންދިއުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

މިއަދު އޮންލައިން