ގާދިއްފުށިން ރައީސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ގާދިއްފުށިން ރައީސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

ތ. ގާދިއްފުށްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ގާދިއްފުށްޓަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ޙާޟިރުވެފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ގާދިއްފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ހަމަޖެހިފައެވެ. މީގެއިތުރުން، އެރަށުގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

ރަށުގެ ތަރައްޤީއަށް ގެންނަ އިތުރު ކުރިއެރުމެއްގެ ގޮތުގައި، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ވެސް ގާދިއްފުށީގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ގާދިއްފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މި ބައްދަލުކުރެއްވުންތަކުގައި ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން