ގާދިއްފުށީ ބަނދަރު ތަރައްޤީ ކުރު މުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ގާދިއްފުށީ ބަނދަރު ތަރައްޤީ ކުރު މުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ތ. ގާދިއްފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، އޮނަރަބަލް މޫސާ ޒަމީރެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ގާދިއްފުށީ ކައުންސިލްގެ އިސްވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

730 މީހުންގެ އާބާދީއެއް އޮންނަ ގާދިއްފުށީގެ ރައްޔިތުންނަށް މި މަޝްރޫޢު ނިމުމުން ޖާގަ ތަނަވަސް ބަނދަރެއް ލިބި، ލަފާފުރުމުގައާއި މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. މީގެ ސަބަބުން ރަށުގެ އުމްރާނީ އަދި އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

85.78 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި:

  • 59,578 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
  • 227 މީޓަރުގެ ރިވެޓްމެންޓް ޖެހުން
  • 145 މީޓަރުގެ ބޭރުތޮށި ލުން
  • 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
  • 318 މީޓަރުގެ އެއްގަމު ތޮށި ލުން
  • 20 މީޓަރު ދިގު، 3 މީޓަރު ފުޅާ ބްރިޖެއް ހެދުން

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔا 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ. މި މަޝްރޫޢަކީ 580 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

މިއަދު އޮންލައިން