ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރު، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމުން ލިބިވަޑައިގެންނެވި ފަޚުރުވެރި އެވޯޑާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، ޔޫއޭއީގެ ޝާރިޖާގެ އިންސްޓިޓިއުޓު ފޮރ ހެރިޓޭޖުން އިންތިޒާމުކޮށްގެން ބޭއްވި ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް 2025 ގައި ޝަރަފުވެރި ރާވީގެ މަޤާމު ހާސިލުކުރެއްވި ކަމަށެވެ.
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް މި ފަޚުރުވެރި އެވޯޑު ލިބިވަޑައިގެންނެވީ ޝާރިޖާގެ ޢިއްޒަތްތެރި އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު މުޙައްމަދު ބިން ޞުލްޠާނު އަލްޤާސިމީގެ އަތްޕުޅުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ޕޯސްޓުގައި އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަކީ ދިވެހި ތާރީޚާއި ސަގާފަތް ދިރާސާކުރެއްވުމުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނުގެ މި ފަޚުރުވެރި ކާމިޔާބީއަކީ މުޅި ދިވެހި ޤައުމަށް ލިބިގެންދިޔα ފަޚުރެކެވެ.