ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ދަންނަވައިފި

ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ މެސެޖެއް އާންމުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ، "ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގާ މަރްޙޫމުގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވަން" ކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވެފައިވަނީ މަރްޙޫމް އިބްރާހީމް އިފްރާޙް ޢަރީފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

36 އަހަރުގެ އުމުރުގައި އިފްރާޙް ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

އިފްރާޙް އަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ގޯލްކީޕަރެއްގެ ގޮތުގައި ގިނަ ބައެއްގެ ލޯތްބާއި ތަޢުރީފު ހޯދާފައިވާ ކުޅުންތެރިއެކެވެ.

މިއަދު އޮންލައިން