ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްތައް ރޭވުމަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްތައް ރޭވުމަށް: ރައީސް

ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްތައް ރޭވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިގޮތުން ވ، މ، ފ، އަދި ތ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ޢުމްރާނީ ތަރައްޤީގެ ޖުމްލަ 124 މަޝްރޫއުއަކާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވ.އަތޮޅުގެ 5 ރަށް، ފ.އަތޮޅުގެ 5 ރަށް، މ.އަތޮޅުގެ 8 ރަށް އަދި ތ.އަތޮޅުގެ 13 ރަށަކަށް ވަޑައިގެންނެވިއެވެ. "ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްތައް ރޭވުމަށް" ކަމަށް ރައީސް ވިދާޅުވިއެވެ.

މަޝްރޫޢުތަކުގެ ތަފްސީލް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ޖުމްލަ 60 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި، 40 މަޝްރޫޢުއެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 24 މަޝްރޫޢެއްގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފަށާފައިވެއެވެ.

ވަކިވަކި އަތޮޅުތަކަށް ބަލާއިރު، ވ.އަތޮޅުގައި 5 މަޝްރޫޢުގެ މަސައްކަތް ފެށި، 4 މަޝްރޫޢު ނިމި، އިތުރު 4 އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. ފ.އަތޮޅުގައި 13 މަޝްރޫޢު އަލަށް ފަށާފައިވާއިރު، 6 މަޝްރޫޢު ނިމި، 10 އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މ.އަތޮޅުގައި 13 މަޝްރޫޢު އަލަށް ފަށާފައިވާއިރު، 2 މަޝްރޫޢު ނިމި، 6 އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

ތ.އަތޮޅުގެ 13 ރަށަށް ކުރެއްވި ދަތުރުފުޅުގައި 29 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، 12 މަޝްރޫޢެއްގެ މަސައްކަތް ނިމި، މުޅިން އަލަށް 20 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން