ޢިބްރަތްތެރި ވާހަކަ: ޙަޤީޤީ ލޯބި ލިބޭނެކަން ޔަޤީންވާތީ ގޭގެ ނޯކަރު އަންހެނަކާ ކައިވެނިކުރުމުން އުފާވެރި ދިރިއުޅުމެއް ލިބުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޢިބްރަތްތެރި ވާހަކަ: ޙަޤީޤީ ލޯބި ލިބޭނެކަން ޔަޤީންވާތީ ގޭގެ ނޯކަރު އަންހެނަކާ ކައިވެނިކުރުމުން އުފާވެރި ދިރިއުޅުމެއް ލިބުނު މީހެއްގެ ވާހަކަ-

އަހުރެންގެ ބައްޕަ ނިޔާވީ އަހުރެން ވަރަށް ކުޑައިރުއެވެ. ބައްޕަގެ ތަނަވަސްކަން އަހުރެންނަށް ވާރުތަވާން ޖެހުނަސް އަހުރެން ކުޑަކަމުން ހުރިހާ ކަމެއް ލިބިގަތީ މަންމައެވެ. މަންމަ އަހުރެންނަށް ރަނގަޅުވީމާ ބޮޑުވެގެންވެސް އެކަމަކަށް އަޅައެއް ނުލަމެވެ. އަހުރެން ބެލީ މަސައްކަތާއިގެން ކުރިއަށް ދެވޭތޯއެވެ. 

މައްސަލަ ޖެހުނީ ގޭގައި ގެންގުޅެން ގެނައި ވަރަށް ހެޔޮލަފާ އަންހެނަކު ދެކެ ލޯބިވެވުނު ހިސާބުންނެވެ. މަންމަ އެކަން ބަލައެއް ނުގަތެވެ. މަންމަ ބޭނުންވީ އެހިސާބުން އޭނާ ގެއިން ނެރެ ފޮނުވާލުމަށެވެ. މަންމައަށް ބޮޑުދައިތަކިޔާ ކުއްޖަކާއި އަހުރެންގެ ކައިވެނިކުރުވުމަށެވެ. 

އެކަމަށް ފައުޅުގައި އިންކާރުކޮށް އޭނާއާއިއެކު އަހުރެންވެސް ގެއިން ނުކުންނާނެކަމަށް ބުނީމެވެ. ނަމަވެސް އެވަޤުތު އަހުރެންގެ ވިސްނުން ބުނެދިނީ މިއީ ބައްޕަގެ ތަނަވަސްކަން ކަމެވެ. ގެއިން ނުކުންނަން ނުޖެހޭނެ ކަމެވެ. 

މަންމަ ހީކުރީ މަންމަގެ ތަނަވަސްކަމުގެ ބޭނުމުގައި އަހުރެން މަޑުން ހުންނާނެ ކަމަށެވެ. އަހުރެން ވަރަށް ސާފުކޮށް މަންމަގެ ގާތުގައި ބުނީމެވެ. "މަންމަ ބުނި އެއްވެސް ކަމަކަށް މިހައިތަނަކަށް ދެކޮޅެއް ނުހަދަމެވެ. އެކަމަކު އަހުރެން ލޯބިވެ ަކއިވެނިކުރަން ބޭނުންވާ މީހާ އެނެގންޖެހޭނީ މަންމައަށް ކަމަކަށް ޤަބޫލެއް ނުކުރަމެވެ. މިހާރު މިދައްކަނީ ދުވަހަކުވެސް ނުދައްކަން ނިންމައިގެން ހުރި ވާހަކަތަކެވެ. މިއީ މަންމަގެ ގެއެއް ނޫނެވެ. ބައްޕަގެ ގެއެވެ. ތަނަވަސްކަމަކީ ބައްޕަގެ ތަނަވަސްކަމެވެ. ވީމާ އިންޞާފުން މުދައު ބަހަމާ ހިނގާށެވެ! މަންމަގެ ބައަށް މަންމަ ބޭނުން ގޮތެއް ހަދާނީއެވެ. އަހުރެން އެއިން އެއްވެސް މިންވަރެއް ބޭނުމެއް ނޫނެވެ. ދެވަނަ ގޮތެއް އެބައޮތެވެ. އެއީ އަހުރެންގެ ކައިވެނީގެ ކަންކަމާއި ނުބެހި މަންމަގެ މަޤާމުގައި މަންމަ މިގޭގައި އިނުމެވެ. އެގޮތަށް އިންނަމަ މަންމައަށް ލިބެންޖެހޭ ލޯބި އަބަދުވެސް ދާނީ ލިބެމުންނެވެ." 

އެހިސާބުން އިތުރަށް އެވާހަކަދއެއްކުން މަންމަ ހުއްޓައިލިއެވެ. ހަމަ އެދުވަހު އަހުރެން ކައިވެނިކުރީމެވެ. އަނބިމީހާގެ ހުރި ރަނގަޅުކަން އެނގުމުން މަންމަވެސް އިންނަނީ ހިތްހަމަޖެހިގެންނެވެ. އުފަލުންނެވެ. 

އަހުރެން މިއަދުނޫހުގެ ކިޔުންތެރިންނަށް ދޭން ބޭނުންވާ މެސެޖަކީ ޙަޔާތަށް ބައިވެރިއަކު ހޯދާއިރު ތިމާދެކެ ލޯބިވާ މީހަކު ހޯދާށެވެ! އޭނާގެ ސިފައާއި ދަރަޖައަށް ބެލުމެއް ނެތެވެ. ލޯބިވާފަހުން ކުރިމަތިވާ ހުރަސްތައް ގިރާކުރުމުގެ ހިތްވަރު ހުންނަންވާނެއެވެ. ދެރަމީހާ ދެރަކޮށްލާ އުޞޫލުން ކަންކަން ކޮށްގެން ނުވާނެއެވެ. އަހުރެންގެ ދިރިއުޅުމުގެ ކާމިޔާގެ ޙަޤީޤީ ސިއްރަކީ އެއީ ނޯކަރެއް ނަމަވެސް އޭނާ އަހުރެންދެކެވީ ޙަޤީޤީ ލޯތްބެވެ.

 

- ވިޝާމް މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން