ބިދޭސީންނަކީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށްވުމަކީ ކުރާ ވަރަށް ބޮޑު އުންމީދެއް: ސީޖީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބިދޭސީންނަކީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށްވުމަކީ ކުރާ ވަރަށް ބޮޑު އުންމީދެއް: ސީޖީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަކީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށްވުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުން ފަޞީޙް ވަނީ އިމިގްރޭޝަނަކީ އާންމު ރައްޔިތުންގެ އިތުބާރު ލިބި އަދި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންނަކީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށްވުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވެފައެވެ.

"ގްލޯބަލައިޒް ވޯލްޑެއްގަ ބިދޭސީން އަންނާނެ ކަންވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. އެހެންވީމަ ބިދޭސީންނަކީ ކުށް މަދު ބަޔަކަށްވެ އަދި އިމިގްރޭޝަނަކީ ރައްޔިތުންގެ ލޯބި ލިބި، އިތުބާރާއެކީ ޚިދުމަތްދޭ މުއައްސަސާއަކަށްވުމަކީ ވަރަށް ބޮޑު އުންމީދެއް. އެކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން. މި ޓީމާއެކީ މި ލަނޑުދަނޑިތައް ހާސިލްވާނެ. އަޅުގަނޑުމެންގެ ޓީމަކީ ވަރަށް ބަދަކި ޓީމެއް" ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން

ކޮންމެ ތަނެއްގައިވެސް އިތުރަށް ރަނގަޅު ކުރަން ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރައްވާ ކޮންޓްރޯލާ ވަނީ އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އިމިްގރޭޝަނުން ޚިދުމަތް ލިބިގަންނަ އިރު ސިސްޓަމްގެ ތެރެއިން ކަންކަން ކުރުމަށް ބާރުއަޅުއްވާ ކޮންޓްރޯލާ ވަނީ ރާއްޖޭގެ މައި ދޮރާއްޓާ ހަމައަށް އަންނަ ކޮންމެ މީހަކަށް އެންމެ އެކަށީގެންވާ އަވަސް ޚިދުމަތެއް އިމިގްރޭޝަނުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

އަދި އިމިގްރޭޝަންގެ ސިސްޓަމުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ނުކުރުމަށް އެދި ސީޖީ ވަނީ ކުރިއަށް އޮތްތަނުގަ އިމިގްރޭޝަނުން އާންމު ރައްޔިތުން ހޯދަން އަންނަ ކޮންމެ ޚިދުމަތަކީ ލުއިފަސޭހަކަމާއެކީ ލިބޭނެ ޚިދުމަތަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން