ދ. ރިނބުދޫ އަދި އއ. މަތިވެރީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށް ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އއ. މަތިވެރީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަވާލުކުރީ، ކޭ އެންޑް އެފް ހޯލްޑިންގއާއެވެ. މި މިސްކިތުގެ މަސައްކަތް ނިމޭއިރު ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ހުންނާނެއެވެ. އަދި ދ. ރިބުނދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށް ހަވާލުކުރީ އަފާމީ މޯލްޑިވްސްއާއެވެ.
ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ޢިމާރާތްކުރާ މި މިސްކިތްތަކުގައި ނަމާދު ކުރާ ބައިގެ އިތުރުން ލައިބްރަރީއަކާއި ކްލާސްރޫމް ހިމެނިފައިވާ ހުންނާނެއެވެ. އަދި މީގެ އިތުރުން މިސްކިތް ނިމޭއިރު އޭސީ ހަރުކުރެވި ސޯލާ ނިޒާމު ޤާއިމް ކުރެވިފައި ހުންނާނެކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ރަށްތަކުގައި އަލަށް ޢިމާރާތް ކުރާ މިސްކިތްތަކަކީ ޒަމާނީ ޑިޒައިންތަކަށް ޢިމާރާތް ކުރާ ހިއްގައިމު މިސްކިތްތަކެެވެ. މި މަޝްރޫޢުއަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.