ވެމްކޯގެ އޮޑިޓް ރިޕޯޓްތަކުން ފާހާގަވި ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް ތަހުޤީޤު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ވެމްކޯގެ އޮޑިޓް ރިޕޯޓްތަކުން ފާހާގަވި ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް ތަހުޤީޤު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ފޮނުވައިފި

ވެމްކޯގެ އެތެރޭގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަވެފައިވާ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް ތަހުޤީޤު ކުރުމަށް ކަމާބެހޭ ތިން އިދާރާއަކަށް ވެމްކޯއިން ހުށަހަޅައިފިއެވެ.

ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެތެރޭގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަމާއި، މާލިއްޔަތު ގަވާއިދާ ޚިލާފު ޢަމަލުތައް ހިމެނެއެވެ. މި މައްސަލަތަކަކީ ކުރީގެ މެނޭޖްމަންޓްތަކުގެ ދައުރުގައި ހިނގާފައިވާ ކަންކަން ކަމަށް ވެމްކޯއިން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަތައް ތަހުގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ. އަދި މި އިދާރާތަކުން އެދިފައިވާ އިތުރު މަޢުލޫމާތުތައްވެސް ވެމްކޯއިން ވަނީ ފޯރުކޮށްދީފައެވެ.

2016 ވަނަ އަހަރު އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ، ރައްޔިތުންނާ ގުޅުންހުރި މިފަދަ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، އެ މައްސަލަތައް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

ވެމްކޯއިން އިތުރަށް ފާހަގަކޮށްފައިވަނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ހާމަކަން ބޮޑު ގޮތެއްގައި މިފަދަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން