ދިރާގުން ޓިކްޓޮކް ޗެލެންޖަކަށް ފުރުސަތު ހުޅުވާލައިފި: އިނާމަކަށް 10،000ރ.

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދިރާގުން ޓިކްޓޮކް ޗެލެންޖަކަށް ފުރުސަތު ހުޅުވާލައިފި: އިނާމަކަށް 10،000ރ.

ދިރާގުން 10،000 ރުފިޔާގެ ފައިސާގެ އިނާމަކާ އެކު، ހާއްސަ ޓިކްޓޮކް ޗެލެންޖެއް އިއްޔެ ފަށައިފި އެވެ.

މި ޗެލެންޖަކީ ދިރާގުގެ "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓް ތައްޔާރުކޮށްގެން ބައިވެރިވެވޭ ފުރުސަތެކެވެ.

މި ޗެލެންޖުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، "ނޫރާޅާ ޖައްސާލާ" ލަވައަށް އެމީހުންގެ އަމިއްލަގޮތްތައް ހިމަނައިގެން ހުނަރުވެރި ކޮންޓެންޓްތައް ތައްޔާރުކުރަންޖެހެ އެވެ. އަދި މި ކޮންޓެންޓްތައް ޓިކްޓޮކަށް ހުށަހެޅުމުގެ ކުރިން ދިރާގުގެ ރަސްމީ ޓިކްޓޮކް އެކައުންޓް @dhiraagufans ފޮލޯކޮށް، އެ އެކައުންޓަށް ޓެގް ކުރަން ޖެހެ އެވެ. މީގެ އިތުރުން، #DhiraaguWin2Speedboats މި ހޭޝްޓެގް ބޭނުންކުރުމަކީވެސް މުހިންމު ކަމެކެވެ.

ދިރާގުން މި ޗެލެންޖު އިއުލާނުކުރަމުން ބުނީ، މިއީ ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނާއި، ކޮންޓެންޓް ހެދުމަށް ޝައުގުވެރިވާ އެންމެނަށް އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލައި، އަގުހުރި އިނާމެއް ހޯދުމުގެ ރަނގަޅު ފުރުސަތެއް ކަމަށެވެ. މީގެ ބޭނުމަކީ ޓިކްޓޮކް މެދުވެރިކޮށް އުފެއްދުންތެރިކަން އިތުރުކޮށް، ލަވައަށް ފޯރިގަދަ ތަރުހީބެއް ހޯދުމެވެ.

މި ހާއްސަ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެ އެވެ. ޗެލެންޖު ކާމިޔާބު ކުރާ ފަރާތް އިއުލާނު ކުރާނީ ދިރާގުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށެވެ.

ވީމާ، ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނާއި، ޓިކްޓޮކް ބޭނުންކުރާ އެންމެހާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފައި، މި ޗެލެންޖުގައި ބައިވެރިވުމަށް ދިރާގުން ވަނީ ހިތްވަރު ދީފައެވެ.

މިއަދު އޮންލައިން