ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދިގު މުއްދަތަކަށް އިޚުލާސްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ތިން މުވައްޒަފަކު މިއަދު ޝަރަފްވެރިކަމާއެކު ވަޒީފާއިން ރިޓަޔަރ ކުރައްވައިފިއެވެ.
މިގޮތުން ރިޓަޔަރ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 42 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙުމަދު މަނިކު (ސުތުލި) އާއި، 34 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އިބްރާހިމް ރަޝީދު (އަންދަރޭ) އަދި 7 އަހަރުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ސީނިއަރ ސަރވިސް ސުޕަވައިޒަރ އަލްފާޟިލް ޙަސަން ޙަލީމެވެ.
މި ތިން ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ވަނީ ޚާއްސަ ޙަފްލާއެއް ބޭއްވިފައެވެ. މި ޙަފްލާގައި މި ބޭފުޅުން ކުންފުންޏަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރެވުނެވެ.
ސްޓެލްކޯގެ ތާރީޚުގައި މި ތިން ބޭފުޅުންނަކީވެސް ކުންފުނީގެ ކުރިއެރުމަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.
ރިޓަޔަރ ކުރެއްވި ބޭފުޅުންނަށް ސްޓެލްކޯގެ އިސްވެރިން ވަނީ އެ ބޭފުޅުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއައެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްސަ ޙަފްލާގެ ތެރެއިން.
— STELCO (@STELCOMALDIVES) September 30, 2025
މިއަދު ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރ… pic.twitter.com/3HD05cATDg