މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސްޓެލްކޯ އިން ވަރކްޝޮޕެއް ބާއްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސްޓެލްކޯ އިން ވަރކްޝޮޕެއް ބާއްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްޞަދުގައި ބްލިސް މޯލްޑިވްސްއާ ގުޅިގެން ޚާއްޞަ ވަރކްޝޮޕެއް ބާއްވައިފިއެވެ.

މި ވަރކްޝޮޕްގައި ސްޓެލްކޯގެ 25 މުވައްޒަފުން ބައިވެރިވެފައިވާއިރު، މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.

ވަރކްޝޮޕްގެ ތެރެއިން މުވައްޒަފުންނަށް ވަނީ ސްޓްރެސްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން، ސްޓްރެސްގެ ސަބަބުން އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާ ގޮތާ މެދުވެސް ވަނީ ހޭލުންތެރިކަން އިތުރުކޮށްދީފައެވެ.

މި ވަރކްޝޮޕްގެ އެންމެ މުހިންމު އެއް ބައިގެ ގޮތުގައި ފާހަގަކުރެވެނީ ބައިވެރިންނަށް ސްޓްރެސް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ އެކި އިސްތިރާޖުތައް ދަސްކޮށްދިނުމެވެ.

މިފަދަ ވަރކްޝޮޕްތަކަކީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ފާހަގަކުރެވެއެވެ.

ސްޓެލްކޯއިން މިފަދަ ވަރކްޝޮޕެއް ބޭއްވުމަކީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭކަން ދައްކުވައިދޭ ކަމެކެވެ. 

މިއަދު އޮންލައިން